Search This Blog

Friday, September 15, 2017

                  ޚަދީޖާ އިސްމާޢީލް

"އެޑިޔުކޭޝަނަލް ޓެކްނޯލޮޖީގެ ސަބަބުން ކިޔަވައިދިނުމަށް ކުރާ ހެޔޮ އަސަރު"
           
އެޑިޔުކޭޝަނަލް ޓެކްނޯލޮޖީއަކީ ކޮބާ؟

          އެޑިޔުކޭޝަނަލް ޓެކްނޯލޮޖީ އޭބުނުމުން އެއީ ވަރަށް ފުޅާ ދާއިރާއެކެވެ. އެހެން ކަމުން މިމައުޟޫގައި ވަރަށް ގިނަ ތަޢާރަފް ތައް ހުރި ކަމުގައި ވިއަސް  ބައެއްތަޢާރަފްތައް އަނެއް ތަޢާރަފް ތަކާއި ތަފާތުވެއެވެ. އެގޮތުން ތިރީގައި މިހިމަނާލަނީ މިމައުޟޫގައި ލިޔެވިފައި ހުރި އެންމެ މަޝްހޫރު ތަޢާރަފް ތަކެވެ.

" އެޑިއުކޭޝަނަލް ޓެކްނޯލޮޖީ އަކީ އެންމެ އުފެއްދުންތެރި ގޮތެއްގައި ކިޔަވައިދިނުމަށާއި، އަދި ކިޔަވައިދިނުމުގެ ހުނަރު އުފައްދައި އިތުރުކޮށް ހިންގުމަށް ޓަކައި ބޭނުންކުރެވޭ އެންމެ އެކަށޭނަ ޓެކްނޯލޮޖީގެ ގޮތްތަކާއި ވަސީލަތްތަކެވެ."

          ޓެކްނޯލޮޖީ ގެ މާނަޔަކީ ކަމަށް އެކަށޭނަ ޓެކްނިކަލް ވަސީލަތްތައް ނުވަތަ ކަމަށް ތައްޔާރުކޮށްފައިވާ ތަކެތި އަމަލީ މަސައްކަތުގައި ބޭނުންކުރުމެވެ. އެހެން ކަމުން އެޑިޔުކޭޝަނަލް ޓޭކްނޯލޮޖީ ބިނާވެފައިވަނީ ކަމަށް އެކަށޭނަ ތަފާތު މައުލޫމާތާއެކު އެވެ. އެގޮތުން ( މުއާމަލާތާއި، ވިސްނާގޮތާއި، ދޭދޭ ފަރުދުންގެ ގުޅުމާއި، ކަންކަމުގައި ދެކޭ ގޮތާއި ، މަސްނޫއީ ތަކެތި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް، ކޮމްޕިއުޓަރ ސައިންސް ހިމެނެއެވެ.) ހަމަ އެއާއެކު ތައުލީމީ ދާއިރާގެ ހަޤީޤީ މައުލޫމާތު ހުރުން ހިމެނެއެވެ.

އެޑިޔުކޭޝަނަލް ޓެކްނޯލޮޖީ އަކީ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ތައުލީމީކަންތައް ކުރިއެރުވުމެވެ.  

  

އެޑިޔުކޭޝަނަލް ޓެކްނޯލޮޖީ ފެށިގެން އައި ގޮތް

                    ކިޔަވައިދިނުން ފަސޭހަ ކޮށް، އަވަސްކޮށް ،ޚަރަދު ކުޑަކޮށް، ނުވަތަ ޔަޤީން ކަމާއެކު ކިޔަވައިދިނުމަށް ޓަކައި  ޤަދީމީ ޒަމާނުއްސުރެ އައީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ވަރަށްގިނަ ހޯދުންތަކުންނާއި ލިޔުންތަކުން ދައްކާގޮތުގައި ތައުލީމް ނުވަތަ އެޑިޔުކޭޝަން ކުރިއެރުވުމަށް ތަފާތު ހޯދުން ތައްހޯދުމުގައި  މިންނެތް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެޑިޔުކޭޝަނަލް ޓެކްނޯލޮޖީ ފެށިގެން އައީ ވަރަށް ކުރިން ސުރެ ހޮހަޅަތަކުގެ ފާރުތަކުގައި ކުރަހަން ފެށުނު ހިސާބުން އަރަމުން އައި ވަސީލަތެއްގެ ގޮތުގައެވެ. އެގޮތުން ކަނޑާ ނަގާފައިވާ ހިލަތަކާއި ، ދިވެހިން ކިޔައި އުޅޭ  ވިޔަފިލާގަނޑާއި" ހިސާބު ދަސްކުރުމަށް ބޭނުން ކުރާ އެބަކަސް " ބްލެކްބޯޑް ފަދަ ތަކެތި ބޭނުން ކުރެވެމުން އަންނަތާ ވަނީ 1000 އަހަރަށް ވުރެ ގިނަ ޒަމާން ވެފައެވެ. އެގޮތުން ވިހިިވަނަ ގަރުނުގެ ކުރީ ކޮޅުގައި އެޑިޔުކޭޝަނަލް ޓެކްނޯލޮޖީ ކުރިއަރަމުން އައިސް ތަފާތު އާލާތްތައް އުފައްދަން ފެށިއެވެ. އެގޮތުން ފޮޓޯ ކޮޕީ މެޝިން ގެ ތެރޭގައި ގެސްޓެޓްނަރ އާއި މިމޯގްރާފް ފަދަ ތަކެތި ސްކޫލް ތަކުގައި އާއި އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވެއެެވެ.

          މިިޓެކްނޯލޮޖީ ކުރިއަރައިގެން އައީ 20 ވަނަ ޤަރުނުގައި " ސިޑްނީ ޕްސީސްގެ ފަރާތުން އުފެއްދި އެޑިޔުކޭޝަނަލް ފިލްމެއް ކަމުގައިވާ " މެކޭނިކަލް ޓީޗިންގ މެޝިން " އަށް ފަހުއެވެ. އޭގެ ފަހުން  ދުނިޔޭގެ 1 ވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ސިފައިންގެ މީހުން ވަޒީފާއަށް ނެގުމުގައާއި ޓްރޭނިން ތަކުގައި ވަރަށްބޮޑަށް އެޑިޔުކޭޝަނަލް ޓެކްނޯލޮޖީގެ ބޭނުން ކުރެވުނެވެ. އެއަށް ފަހު ވޯލްޑް ވާ 2 ( ދެވަނަ ބޮޑު ހަނގުރާމަ) އިގެތެރޭގައި އާއި އޭގެ ފަހުގައި ފިލްމާއި އެހެނިހެން ޓެކްނޯލޮޖީގެ ތަކުގެ ތެރޭގައި އޯވަހެޑް ޕްރޮޖެކްޓަރ ފަދަ ޓެކްނޯލޮޖީ ބޭނުން ކުރެވުނެވެ. ހަމަ އެދުވަސްވަރު ، 1945މީލާދީ  ގައި މެރިކާގެ އިންޖިނިއަރެއްކަމުގައިވާ ވޭން އެވަރ ބުޝް އުފައްދާފައިވާ ކޮމްޕިއުޓަރ ވެސް ބޭނުންކުރެވުނެވެ.


1960 ގެ މެދުތެރޭގައި  ސްޓޭންޑް ފޯރޑް ޔުނިވާރސިޓީ ގެ Stanford University ގެ ސއިކޮލޮޖީ ޕްރޮފެސަރެއް ކަމުގައިވާPatrick Suppes   އަދި  Richard C. Atkinson  ކޮމްޕިއުޓަރ ބޭނުންކޮށްގެން ހިސާބު އިލް މާއި ސްޕެލިން "ޓެލެޓައިޕް" ބޭނުންކޮށްގެން ކެލެފޯނިއާގެ Palo Alto Unified Schoolދަރިވަރުންނަށް އުގަންނައިދެއްވިއެވެ.



1960 ގައި ޔުނިވާރސިޓީ އޮފް އިލް ނޮއިސް  University of Illinoisގެ އިސްނެގުމުގެ މަތިން ކްލާސްރޫމް ސިސްޓަމް ކޮމްޕިއުޓަރ ވިޔުގަޔާ ގުޅާލުމުގެ މަސައްކަތް އުފެއްދެވިއެވެ. އެގޮތުން ދަރިވަރުންނަށް ކްލާސްރޫމް ގައި ތިބެ އެހެން ލެކްޗަރަރގެ ރިކޯރޑް ކޮށްފައިވާ ލެސަންތައް އަޑު އެހުމުގެ ފުރުސަތު ޓީވީއާއި ރޭޑިޔޯ ފަދަ ޒަރީޔާއިން ހުޅުވިގެން ދިޔައެވެ.  
 1960 ގައި ޔުނިވާރސިޓީ އޮފް އިލް ނޮއިސް  University of Illinoisގެ އިސްނެގުމުގެ މަތިން ކްލާސްރޫމް ސިސްޓަމް ކޮމްޕިއުޓަރ ވިޔުގަޔާ ގުޅާލުމުގެ މަސައްކަތް އުފެއްދެވިއެވެ. އެގޮތުން ދަރިވަރުންނަށް ކްލާސްރޫމް ގައި ތިބެ އެހެން ލެކްޗަރަރގެ ރިކޯރޑް ކޮށްފައިވާ ލެސަންތައް އަޑު އެހުމުގެ ފުރުސަތު ޓީވީއާއި ރޭޑިޔޯ ފަދަ ޒަރީޔާއިން ހުޅުވިގެން ދިޔައެވެ.

 .ކޮމްޕިއުޓަރ އަކީ މިއަދު އަހަރުމެންގެ ގިނަ މީހުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެންމެ މުހިއްމު އެއްބައެވެ  އަދި އެއީ ދިރި އުޅުމުގެ އެއްބައި ކަމުގައި  ގިނަ މީހުން ދެކެއެވެ. އެހެން ކަމުން މިއަދު މި ބޭނުން ކުރެވެމުންދާކޮމްޕިއުޓަރ އުފެދި ގެން އައި ގޮތުގެ ތާރީޚަށް ބަލާ ލުމަކީވެސް މުހިއްމު ކަމެކެވެ

ފުތަރަމަ ޖެނެރޭޝަން ނުވަތަ ފުރަތަމަ މަރުހަލާ- ވެކިއުމް ކިއުބް  
1940 – 1956 : ފުރަތަމަ ޖެނެރޭޝަން ނުވަތަ ގްރޫފް  އެއީ ވެކިއުމް ކިއުބެއްގެ ގޮތުގައެވެ. މިކޮމް ޕިއުޓަރ ގައި މެމެރީ އަށް ނުވަތަ ރައްކާ ކުރުމަށް ބޭނުން ކުރެވުނީ މަދަރބޯޑް ގޮތުގައި ވެކިއުމް ޓިއުބެވެ.

ދެވަނަ ޖެނެރޭޝަން ނުވަތަ ދެވަނަ މަރުހަލާ - ޓްރާންސިސްޓަރ

956 – 19631: ވެކިއުމް ޓިއުބްގެ ބަދަލުގައި ދެވަނަ މަރުހަލާ ގައި ކުރި ހޯދީ ޓްރާންސިސްޓާއެވެ.
1964 – 1971ތިންވަނަ ޖެނެރޭޝަން ނުވަތަ ތިންވަނަ މަރުހަލާ – އިންޓަގްރޭޓެޑް ސަރކިޓް.

1972 – 2010  ހަތަރުވަނަ ޖެނެރޭޝަން ނުވަތަ ހަތަރުވަނަ މަރުހަލާ – މައިކްރޯ ޕްރޮސެސަރ

     މި ރިވޮލިޔުޝަން މައިގަނޑު ގޮތެއްގައި ބިނާ ވެފައި ވަނީ އިންޓެލް ގެ މައްޗަށެވެ.  ކޮމްޕިއުޓަރ ސިސްޓަމްގެ ހުރިހާ ބައިތައް ކަމުގައިވާ ( ސީޕީޔޫ، މެމޮރީ، އިންޕުޓް / އައުޓްޕުޓް ކޮންޓްރޯލް ) އެއްޗިޕެއްގައި ހިމެނޭނެހެން އޮންނަ އިންޓެލް 4004 ޗިޕް 1971 ވަނަ އަހަރު ޗިޕް މޭކަރަކު ވަނީ އުފައްދަވާ ފައެވެ. 1940  ގައި އުފެއްދި ކޮމްޕިއުޓަރ ކޮޓަރިއެއްހާ ބޮޑު އިރު މިހާރުގެ އެއްޗެއް އަތުތެރެއަށް ވެސް ލެވެއެވެ. ދުނިޔޭގެ ފުރަތަމަ ކޮމްޕިއުޓަރ ( އައިބީއެމް ) އުފެދިގެން ދިޔައީ 1981 ވަނަ އަހަރު ގޭގެ ބޭނުންތަކަށް ޚާއްޞަ ކޮށްގެންނެވެ. އަދި 1984 ގައި އެޕަލް ކުންފުނިން އީޖާދު ކުރި" މަކިންގޓޮސް " ވެސް ފެނިގެން ދިޔައެވެ. މައިކްރޯ ޕްރޮސެސަރވެސް ވަަަނީީީ ވަރަށް ބޮޑު ބައެއް ކުރިއަރާ ފައެވެ. މިކުޑަ ކޮމްޕިއުޓަރުތަކުގެ ބާރު ފެނި  އެކޮމްޕިއުޓަރ ތައް ނެޓްވޯރކް ތަކާ ގުޅިދާނެ ކަން ދޭހަވިއެވެ. އަދި މިކަމުގެ ސަބަބުން އިންޓަރނެޓް އުފަންވެ ކުރިއަރައި ދިޔައެވެ. މމިދުވަސް ކޮޅުގައި މި ނޫނަސް އެކި ކުރި އެރުންތައް ކޮމްޕިއުޓަރ ފީލްޑަށް ލިބިގެން ދިޔައެވެ. އޭގެ ތެރޭގައި ގްރެފިކަލް ޔޫސަރ އިންޓަރ ފޭސް ( ޖީ ޔޫ އައި GUI) އަދި މައުސް އުފެދިގެން ދިޔައެވެ. އަދި އޭގެ ދުވަސް ކޮޅެއް ފަހުން ލެޕްޓޮޕް ކެޕޭބިލިޓީސްގެ ބޮޑުކުރިއެރުންތަކާއެކުހިފާ ގެންގުޅެވޭ ޑިވައިސްތަކުގެކުރިއެރުންތައް އައެވެ.
2010 ފަސްވަނަ ޖެނެރޭޝަން ނުވަތަ ފަސްވަނަ މަރުހަލާ – އާރޓިފިސަލް އިންޓެލިޖެންސް
        މިޒަމާނުގެ ކޮމްޕިއުޓރަ  ޑިވައިސްތަކުގައި ވާ މަސްނޫއީ ސިނކުނޑި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް މިހާރުވެސް ވަނީ ތައްރައްޤީ ކުރެވިފައެވެ.  ނަމަވެސް މިހާރުވެސް ބައެއް ޓެކްނޯލޮޖީގެ ވަސީލަތްތައް ތަރައްޤީ ކުރަމުން ދަނީ މީހުންގެ އަޑުވެސް ދެނެގަނެވޭ ގޮތަށެވެ. ހަމަ އެއާއެކު ފިފްތް ޖަނަރޭޝަގެ މެޝިންތައް ތައްޔާރު ކުރުމުގައި ބޭނުން ކުރެވޭ ޓެކްނޯލޮޖީ ވާނީ އާދައިގެ ބަހުރުވައިން ދައްކާ ވާހަކަ ތަކަށް އިޖާބަދޭ ، އަދި ދަސްކުރުމާއި އަމިއްލައަށް ކަންތައްތައް އޮގަނައިޒްކޮށް ކުރިއަށް ގެންދެވޭނެފަދަ ޤާބިލިއްޔަތެއް ލިބިފައިވާ ތަކެއްޗަށެވެ.

އެޑިޔުކޭޝަނަލް ޓެކްނޯލޮޖީގެ ސަބަބުން ކިޔަވައިދިނުމަށް ކުރާ ހެޔޮ އަސަރު .

       މިއަދު ޓެކްނޮލޯޖީއަށް އައި ކުރިއެރުމުގެ ސަބަބަން ދިރިއުޅުން މިވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ. އެކަމުގައި ދެބަސް ވެވެން ނެތް ހަޤީޤަތަކީ ޚާއްޞަކޮށް ، ސައިންސާއި ، ބޭސްވެރިކަމުގެ ދާއިރާ އަދި ދައުލީމީ ދާއިރާ ގައި އައިސްފައިވާ ކުރިއެރުމެވެ. ނަމަވެސް މިފަދަ ކުރިއެރުމާއި ފަސޭހަތަކާއެކުވެސް އެހެނިހެން ކަންތަކެކޭ އެއްގޮތަށް ، ޤަބޫލް ކުރަން ޖެހޭ ހަޤީޤަތަކީ ޓެކްނޯލޮޖީގައިވެސް  މައްސަލަތައް ހުންނާނެކަމެވެ. އެގޮތުން މިހާރުގެ ހޯދުންތަކުން ދައްކާގޮތުގައި ޓެކްނޯލޮޖީގެ ސަބަބުން ފަލަބަލި ފަދަ ބަލިތައް ދަނީ މީސްތަކުންގެ ތެރޭގައި އާންމުވަމުންނެވެ. ހަމަ އެއާ އެކު ދަރިންގެ އުޅުމަށް މީގެ އެދެވޭ އަސަރާ އެކު ނޭދެވޭ އަސަރުވެސް ދަނީ ފޯރަމުންނެވެ.
       ނަމަވެސް މިއަދު ކްލާސް ރޫމްގައި ބޭނުން ކުރެވޭ ޓެކްނޯލޮޖީ އަށް މިހެން ބުނެވޭނެ ތޯ ؟ ތައުލީމީ ދާއިރާގައި ބޭނުންކުރާ ތަކެތި ކަމުގައިވާ ކޮމްޕިއުޓަރާއި މޯބައިލް ތަކެތި އަދި އިންޓަރނެޓް މިވަނީ ތައުލީމީ ދާއިރާގެ ބައެއްގެ ގޮތުގައި ގުޅި ލާމެހިފައެވެ. އެއާއެކު އޭގެ ފައިދާ  ބައެއް ތައުލީމީ ދާއިރާތަކުގައި ލިބުނަސް އޭގައި ލިބޭ ހިތްހަމަނުޖެހުން ތައްވެސް އެބަހުއްޓެވެ. ނަމަވެސް ލިބިފައިވާ މައުޝޫއަކީ އެޑިޔުކޭޝަނަލް ޓޭކްނޯލޮޖީގެ ސަބަބުން ތައުލީމަށް އަންނަ ކުރިއެރުން ކަމަށް ވާތީ އަޅުގަނޑު ބޮޑަށް  ބަލާލާނީ އެޑިޔުކޭޝަނަލް ޓެކްނޯލޮޖީގެ ސަބަބުން ކިޔަވައި ދިނުމަށް ކުރާ ހެޔޮ އަސަރުގެ މައްޗަށެވެ. 


1-   ކުއްޖާ އަމިއްލަޔަށް އުގެނުމުގެ ފުރަސްތު އޮތުން

       އިންޓަނެޓް އަކީ މައުލޫމާތުން ފުރިހަމަ ވެފައިވާ ޚަޒާނާއެކެވެ. އާއްމުކޮށް ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތެއް އިންޓަނެޓް މެދުވެރިކޮށް ލިބެއެވެ. އޭގެ ސައްޙަ ކަމާމެދު ސުވާލު އުފެދުނު ކަމުގައި ވިއަސް، މިހާރުވެސް އިންޓަރނެޓް ވެފައިވަނީ ދަރިވަރުންގެ ތައުލީމަށް ހުރި ޚަޒާނާއެއްކަމުގައެވެ. އެގޮތުން މުދައްރިސުންނާއި މައިން ބަފައިންގެ އެހީއަކާއިނުލައިވެސް ފިލާވަޅުތައްއޮންލައިންކޮށް ހޯދާލެވެއެވެ. ލެވެލް ޓެކްސްޓް ފޮތްތަކާއި ޚިލާފަށް އިލެކްޓްރޯނިކްސްއާއި އޮންލައިން މައުލޫމާތު ތަކަކީ އަބަދުވެސް ޒަމާނީ ހޯދުންތަކާއި އެއްގޮތަށް ބަދަލުވަމުންދާ، އެންމެ ފަހުގެ މައުލޫމާތު ބޭނުންވާ ގަޑީގައި، ކުލާސް ރޫމުން ބޭރުގައި ވީނަމަވެސް ދަރިވަރުންނާ ހަމައަށް ފޯރުކޮށްދޭ އެހީތެރިއެކެވެ.

   2 - ދަރިވަރުން ހިތަހަމަޖެހޭ ޝައުޤުވެރިވާ ފަދަ މާހައުލެއްގެ ތެރެއިން އުގަންނައިދިނުމަށް ޓީޗަރުންނަށް މަގުފަހިވުން

         އުގަންނައި ދިނުމަށްޓަކައި އޮތް ހަމައެކަނި ވަޞީލަތަކީ ފޮތްތަކާއި ،ބޯޑާއި، ޗޯކާއި ،މާކަރު ބޭނުންކުރި ދުވަސް މިހާރު ފާއިތުވެއްޖެއެވެ. މިހާރުގެ ޓެކްނޮލޮޖީގެ ޒަރީއާއިން ފޮޓޯތަކާއި ވީޑިއޯތަކާއި އަދި އެހެން ގްރެފިކްސްތައް ބޭނުންކޮށް އުގަންނައިދެވެއެވެ. ބައެއް ވެބްސައިޓް ތަކާއި އެޕްލިކޭޝަން ތަކާއި ޕްރޮގުރާމްތަކުގެ އެހީގައި މުދައްރިސުންނަށް އެކިއެކި ގޮތް ގޮތުން ތަފާތު ގޮތަކަށް އިންސްޓްރަކްޝަން ނުވަތަ ކިޔަވައިދިނުމުގެ އެހީ ފޯރުކޮށްދެވެއެވެ. މިގޮތުން މުދައްރިސުންނަށް ދަރިވަރުން ޝައުގުވެރިވާފަދަ މާހައުލެއްގެ ތެރެއިން  އުގެނުމުގެ ހިތްވަރާއި ޖޯޝު އުފެއްދެއެވެ.
      އެހެންކަމުން މިހާރު ޓީޗަރުންނަށް ލިބެން ހުރި ވަސީލަތްތަކުގެ ތެރޭގައި ސްމާރޓް ބޯރޑް ނުވަތަ އިންޓަރެކްޓިވް ވައިޓްބޯރޑް، އީމެއިލް ސްކައިޕް އަދި ޕަވަރ ޕޮއިންޓް ފަދަ ތަކެތި ހިމެނެއެވެ.

3- އުގަންނައި ދިނުމުގެ އާ ގޮތްތަކަށް ހިތްވަރުދިނުން
     މުދައްރިސް އެތައް އިރެއްވަންދެން ލެކްޗަރ އުސޫލުން މުޚާތަބުކޮށް، ނުވަތަ ދަރިވަރުން ލައްވާ ފޮތެއްގެ މުޅިބާބް ކިޔަން ބުނުމުގެ ބަދަލުގައި  ކިޔަވައިދިނުން މިހާރު  ޒަމާނީ އާގޮތްތަކުގެ އަލީގައި ޓީޗަރުންނާއި ފްރޮފެސަރުންނަށް ކިޔަވައިދެވިދާނެއެވެ. އެގޮތުން ޕޮޑްކާސްޓް ތަކާއި ،ބްލޮގް ތަކާއި ،ސޯޝަލްމީޑިއާ ހިމެނެއެވެ. ހަމައެއާއެކު ގްރޫޕްތަކަށާއި ވަކިވަކި ފަރުދުންނަށްވެސް ޓެކްނޮލެޖީގެ ތެރޭގައި ހިމެނޭ ވެބް ކޮންފަރެންސިން މެދުވެރިކޮށްގެންނާއި އެހެނިހެން މުއާމަލާތްތަކުގައި ބޭނުންކުރެވޭ އޮންލައިން ގްރޫޕްތަކުގެ އެހީގައި އުގަންނައިދިނުން ޝައުޤުވެރި ކުރެވިދާނެއެވެ. އެގޮތުން
ü    ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އުޅޭމީހުންނަށް އެއްފަހަރާއި ކޯސްތަކުގައި ބައިވެރިވެވުން.
ü     ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުގަންނައި ދިނުމުގައި ޝައުގުވެރިވާ ގޮތަށް ކުރިއަށް ގެންދެވުން.
ü     ބުރަކޮށް އުޅޭދަރިވަރުންނަށް ފަސޭހަ ވަގުތު ތަކުގައި އުގެނުމުގެ ފުރުސަތު ފަހިވުން.
ü     އެއްފަހަރާއި ގިނަދަރިވަރުންނަށް ކުލާހުގައި އުގަންނައިދިނުމަށް ކުރިމަތިވާ ދަތިތަކާއި ކުރިމަތިލާންނުޖެހުން.
ü     ކުލާސް އެއްދުވަހަކު ވަކިވަގުތުތަކުގައި ނަގައިދިނުމަށް ފަސޭހަވުން.

4-   ޓެކްސްޓް ފޮތާއި ޓިއުޝަންގެ ޚަރަދުތައް ކުޑަވުން.

   މައުލޫމާތު ހޯދަން ފަސޭހަވުމުގެސަބަބުން ފޮތްތައް ގަންނަންދާ ޚަރަދު ކުޑަވުމަކީ އެކަށީގެންވާކަމެކެވެ. ހަމައެއާއެކު ދަރިވަރުން ޓެކުސްފޮތްތައް ގަންނަން ނުޖެހުމަކީވެސް ޑިޖިޓަލް ފޯމެޓަށް ބަދަލުކުރެވިއްޖެނަމަ ވެދާނެކަމެކެވެ. 
    ކްލާސް ރޫމް ތަކުގެ ބަދަލުގައި އޮންލައިން ކޮށް ކިޔަވައިދެވިއްޖެނަމަ ޓިއުޝަންގެ ޚަރަދާއި ، ދަތުރު ފަތުރުގެ ޚަރަދާއި ، އެހެނިހެން ވެސް ޚަރަދު ކުޑަވެގެން ދިއުމުގެ އިތުރުން ޓީޗަރުންނަށް ފަސޭހަވެގެން ދާނެއެވެ.
5-   މުސްތަޤްބަލަށްޓަކައި ދަރިވަރުން ތައްޔާރުކުރުން.
    ޓެކްނޮލަޖީ ކުރިއަރަމުން ދާ ގޮތުން، ޔަޤީންވާ ކަމަކީ މުސްތަގްބަލް ބިނާވެގެންދާނީ ޑިޖިޓަލް އަށާއި ޓެކްނޮލަޖީއަށް ބަރޯސާވެގެން ކަމެވެ. އެހެންކަމުން މިހާރުއްސުރެ ދަރިވަރުން، ޓެކްނޮލޮޖީ އަށް އަހުލުވެރިކުރެވިއްޖެނަމަ ، ކުރިއަށް އޮތްތަނުގައި ވަޒީފާގެ މާހައުލުގައި ދިމާވާ ޗެލެންޖް ތަކަށާއި އުދާގޫ ތަކެއް ދިމާނުވާނެއެވެ. 

ކްލާސް ރޫމްގައި ޔޫ ޓިއުބް ބޭނުން ކުރެވިދާނެގޮތްތައް.


1-    ދަރިވަރުންގެ ފިިލާވަޅާ ގުޅޭ ގޮތުން ޔޫޓިއުބް ގައި ޕްލޭ ލިސްޓެއް ހަދާލުން.

        ބައެއް މީހުންނަށް ފަސޭހައިން ފިލާވަޅު ނަގައިގަނެވެނީ ކިޔުމަށްވުރެ ބޮޑަށް ވީޑިއޯގެ ޒަރީއާއިންކަމަށްވާތީ، ކިޔުމުގެ ބަދަލުގައި ޓީޗަރު ކަނޑައަޅާ ވީޑިއޯއެއް ދައްކާލެވިއްޖެނަމަ ދަރިވަރުންނަށް އެކަމުގެ ފައިދާ ބޮޑުވެއެވެ. އެހެންކަމުން ޓީޗަރު ކަނޑައަޅާ ޕްލޭ ލިސްޓެއް ތައްޔާރު ކުރުމަށްފަހު އިތުރު މަސައްކަތެއްގެ ގޮތުގައިވެސް ނުވަތަ ފިލާވަޅުގެ ބަދަލުގައިވެސް ދަރިވަރުންނަށް ދެއްކުމަށްޓކައި އެލިންކްތައް ދަރިވަރުންނަށް ހަވާލުކުރެވިދާނެއެވެ. ތައްޔަރު ކުރި ޕްލޭ ލިސްޓްގެ އެހީގައި ދަރިވަރުންނަށް ފަސޭހައިން ފިލާވަޅު ނަގައި ގަނެވޭނެއެވެ.


2-     ކްލާހަށް ހުށަހަޅައިދޭ ފިލާވަޅު ރިކޯރޑް ކުރުމަށްފަހު ފަހުން ބަލާލުމަށް ރައްކާކުރުން


    ޔޫޓިއުބަކީ ތައްޔާރުކުރާ ތަކެތި އެހެންމީހުންނާ ހަމައަށް ފޯރުކޮށްދޭ އަދި ރައްކާކޮށްލެވޭނެ މުހިއްމު މައިތަނެވެ. ވީޑިއޯ އުފެއްދުމަށްފަހު ޔޫޓިއުބުގެ ޒަރީއާއިން ކްލާހަށް ނައަންނަ ދަރިވަރުންނަށް ފިލާވަޅު ފޮނުވާލެވިދާ ނެއެވެ. ނުވަތަ އެއީ ފަހުން ބަލާލެވޭނެ ފަހުން ހަމަ އެފިލާވަޅު އެހެން އަހަރެންގަވެސް ބަލާލުމުގެ ފުރުސަތު އޮންނާނެއެވެ.


3-   ކިޔަވައިދިނުން އެހެން ހަރުފަތަކަށް ގެންދެވުން.

       ދެވިފައިވާ ވީޑިއޯ އެސައިންމެންޓްގެ " EdPuzzle" ގެ ބޭނުންކޮށްގެން  އިތުރަށް ބަދަލުކޮށްގެން ދަރިވަރުންނާ ހަމައަށް ފޯރުކޮށްދެވިދާނެއެވެ. އޭގެތެރޭގައި

- ވީޑިއޯ ކްރޮޕް ކުރުމަށްފަހު އެންމެ މުހިއްމު ބައި ދައްކާލުން.

- އަމިއްލަ އޑުން ފިލާ ވަޅާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށްފަހު އަޑު ރިކޯރޑް ކޮށްލުން.

- ވީޑިއޯ އާއި ގުޅިގެން ދަރިވަރުންނަށް ޙާޞިލްވި މިންވަރު ވަޒަން ކުރުމަށް ޓަަކައި ޕަޒަލް އެއް ލުން.


      މީގެ ސަބަބުން ދަރިވަރުން ކޮންޓްރޯލް ކުރެވުމާއެކު ، އެކުދިން އެއާ މެދު ދެކޭ ގޮތާއި އަދި އެގުނު މިންވަރު ބެލި، ދެވިފައިވާ ވީޑިއޯ ބެލި ކުދިން ފާހަގަކުރެވުމާއެކު، ދަސްވި މިންވަރާއި އަދި ވިސްނުން ހުރިގޮތް ބަލާލެވިދާނެއެވެ.



އެޑިޔުކޭޝަނަލް ޓެކްނޯލޮޖީގައި ބޭނުން ކުރެވޭ އެހެނިހެން ވީޑިއޯގެ ވަސީލަތްތައް.

 

   ޔޫ ޓިއުބަކީ ކިޔަވައި ދިނުމާއި ކިޔެވުމުގައި ބޭނުންކުރެވޭ އޮންލައިން ވީޑިއޯ އެންމެ ބޮޑަށް ބޭނުންކުރެވޭ ތަނެވެ. އެހެން ނަމަވެސް ހަޤީޤަތުގައި  ވަރަށް ބައިވަރު އެޑިޔުކޭޝަނަލް މައުލޫމާތު ހިމެނޭ އޮންލައިން ވީޑިއޯތައް  އެބަހުއްޓެވެ. އެގޮތުން ތިރީގައި މިހިމަނާލަނީ ބައެއް ސައިޓްތަކެވެ.


1-      ޓީޗަރ ޓިޔުބް

    ޓީޗަރ ޓިއުބް އަކީ ޓީޗަރުންނަށާއި ، ދަރިވަރުންނަށާއި، އަދި ބެލެނިވެރިންނަށްވެސް ފައިދާ ކުރަނިވި އެޑިޔުކޭޝަނަލް ވީޑިއޯ އެކުލެވިގެންވާ ސައިޓެކެވެ. ޔޫޓިއުބާ އި ދާދި އެއްގޮތަކަށް ބޭނުންކުރެވޭ މިސައިޓްގައި ވަރަށް މުހިއްމު ހަމަ އެހާމެ ހިތްހަމަޖެހޭ ގޮތަކަށް އެޑިޔުކޭޝަނަލް މައުލޫމާތު ގެނެސްދީފައިވެއެ. ހަމައެހެންމެ އެހެނިހެން މައުލޫމާތު ލިބިގަނެވޭނެ ލައިބްރަރީ ގެ ތަކެތި އޯޑިިއޯ އާއި ފޮޓޯގެ ޒަރީއާއިން ލިބިގަނެވެއެވެ.


2- އެކްސްޕްލޯ (Explore)

         އެކްސް ޕްލޯ.އޯގް (. Explore.org) މިސައިޓުން ޖަނަވާރު ތަކުގެ ހަގީގީ ދިރިއުޅުން ވަގުތުން  ކްލާސްތެރޭގައި އިންނަމަވެސް ދަރިވަރުންގެ ހަމަލޮލަށް ދައްކާލެވި ދާނެއެވެ. ހަމަ އެއާއެކު ކުރިން ރިކޯރޑް ކުރެވިފައި ހުންނަ އެޑިޔުކޭޝަނަލް ފިލްމު ފަދަ ތަކެތި ފިލާވަޅާ ގުޅޭ ގޮތުން މިސައިޓުން ހޯދާ ލެވޭނެއެވެ.

3- ޓެޑް އެޑް (TedEd)

        ބިގް އައިޑިއާގެ ނަމުން މަޝްހޫރުވެފައިވާ މިސައިޓުން ވެސް ވަރަށް ގިނަ އެޑިޔުކޭޝަނަލް މައުލޫމާތު ލިބިގެން ދާނެއެވެ. ހަމަ އެއާކު މި ވިޑިއޯ ތަކަކީ ދަރިވަރުން ހިތްހަމަ ޖެހޭގޮތަށް މަޖާ ގޮތަކަށް ހުށަހަޅާދީފައިވާ ވީޑިއޯ ތަކެވެ.
- ޒޭން އެޑިޔުކޭޝަން (Zane Education)
       ޒޭން އެޑިޔުކޭޝނަ އަކީ ވެސް ވީޑިއޯގެ ޒަރީއާއިން ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ސައިޓެކެވެ. މިއީ ޚާއްސަކޮށް އަޑުއިވުމުން މަހްރޫމް ވެފައިވާ ކުދިންނަށް އުގަންނައި ދިނުމުގައި ވަރަށް ބޭނުންތެރި އެޕްލިކޭޝަނެކެވެ. އަމައެއާ އެކު މިއީ ހުރިހާ ދަރިވަރުންނަށްވެސް ފަސޭހަކަމާއެކު އުގެނުމުގައި އެހީތެރިވެދޭ ސައިޓެކެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ވަރަށް ގިނަ ސައިޓްތައް މާބޮޑު ތަޢާރަފަށް ނުދިޔަ ކަމުގައި ވިއަސް މައުލޫމާތަށްޓަކައި ދަންނަވާލާނަމެވެ.


5-    ޕީބީއެސް ވީޑިއޯ (PBS Video )
6-    ނޭޝަނަލް ޖިއޮގްރަފީ (National Geographic)
7-    ނާސާ ޓީވީ ( NASA TV )
8-    ބީބީސީ (BBC)

 ނިންމުން
     މިއަދު އަޅުގަނޑުމެން ޤައުމުވެސް މިދަނީ ކިޔަވައިދިނުމުގައި އެޑިޔުކޭޝަނަލް ޓެކްނޯލޮޖީގެ ވަސީލަތްތަކުގެ ބޭނުން ހިފައި ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގައި ތައުލީމް ދިނުން ބައްޓަންކޮށް އޭގެ ބޭނުން ހިފަމުންނެވެ. އެހެން ކަމުން ދަރިވަރުން ހިތްޖެހޭފަދަ ގޮތަކަށް ކިޔަވައިދިނުމަށްޓަކައި މިދާއިރާގައި ބޭނުންކުރާ ވަޞީލަތްތައް އެނގި އޭގެ ބޭނުން ކުރަން އެނގުމަކީ މިއަދު އަޅުގަނޑުމެންގެ މުޖްތަމައުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮންމެހެންވެސް އެގެން ޖެހޭ ކަންތައްތައް ކަމުގައި ދެކެވެ. ވަކިން ޚާއްޞަކޮށް ދަރިވަރުން އެންމެ ފޫހިވާ މާއްދާ ތައްކަމުގައިވާ ޤުރުއާނާއި ، އިސްލާމް އަދި ދިވެހި ފަދަ މާއްދާ ތަކުގައި އެޑިޔުކޭޝަނަލް ޓެކްނޯލޮޖީގެ ވަޞީލައްތަގުގެ ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. 

މަރާޖިއު ނުވަތަ ރިފަރެންސް

 https://greengarageblog.org/10-top-advantages-and-disadvantages-of-technology-in-education
https://en.wikibooks.org/wiki/ICT_in_Education/Definition_of_Terms


No comments:

Post a Comment